މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބް ރައީސް ކަމުގެ މަޤާމަށް ޝިފްލާ އިންތިޚާބުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ހުސްވެފައިވާ ނާއިބް ރައީސް ކަމުގެ މަޤާމަށް މަޝްހޫރު ހަބަރުކިޔުންތެރިޔާ، ޝިފްލާ އިބްރާހީމް އިންތިޚާބުކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބް ރައީސް ގެ މަޤާމް ހުސްވީ އެމަޤާމްގައި ހުންނެވި އަހްމަދު ފަޒީން އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނާއިބް ރައީސްގެ މަޤާމަށް ކުރިމަތިލި ކޮމިޝަނަރ ޝިފްލާ އިބްރާހީމް އަދި ކޮމިޝަނަރ އައިމިނަތު ނުޒުހާއަށްވާއިރު، މި މަޤާމަށް ޝިފްލާ އިންތިޚާބުވީ 5 ވޯޓުންނެވެ.

ބްރޮޑްކާސްޓިން ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައކަތްކޮށްފައިވާ ޝިފްލާ އަކީ މިދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެވިޜަން މޯލްޑިވްސްގައެވެ.

ޝިފްލާވަނީ މީގެ ކުރިން ބައެއް އަމިއްލަ ޓީވީސްޓޭޝަން ތަކުގައިވެސް މަސައްކަތްކުރައްވައި އެ ދާއިރާއިން މީހުން ތަމްރީންވެސް ކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް