ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވައިފި

ޒަކާތު ހައުސްއަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެ އިން ފޯރުކޮށްދީފި އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، ޒަކާތު ހައުސް އަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާއަށް ކަނޑައެޅި ފައިސާ އިން، އެ ގައުމުގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި މިހާރު ފޮނުވާފައިވާ ކަމަށެވެ.


މިކަމާ ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޒަކާތު ހައުސްއަށް ދިވެހި ލޮބުވެތި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލްވެއްޖެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް