އައިޖީއެމްއެޗުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި މަޝްވަރާތަކެއްކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އާއްމުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް އާއި އެ ހޮސްޕިޓަލުގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާ ކުރައްވަފިއެވެ.

އެގޮތުން، އައިޖީއެމްއެޗުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޑޮކްޓަރަށް ދެއްކުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް ހޮސްޕިޓަލުގެ ފަރާތުން މިނިސްޓަރާ ވަނީ ހިއްސާކޮށްފައިވެއެވެ.


ހަމައެއާއެކު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމް އަދި ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް