"ތްރީ ޖެނެރޭޝަން ވޯލްކް" ގައި އިސްރަށްވެހިންގެ ނާދީން ބައިވެރިވުމަށް ނިންމައިފި

"ތްރީ ޖެނެރޭޝަން ވޯކް" ގައި އިސްރަށްވެހިންގެ ނާދީން ބައިވެރިވުމަށް ނިންމައިފިއެވެ.

މިއީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

މި ހަރަކާތުގާ ގުޅޭ މަޢުލޫމާތުތައް ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި އެލްޑަރލީ ރައިޓްސް އެންޑް ވެލްބީންގ ޑިޕާޓްމަންޓާ ގުޅިގެންނެވެ.

އަދި މި މަޢުލޫމާތު ސެޝަނުގައި، އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރޭޝަން ޕްރޮސެސްއާއި ހަރަކާތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާއިރު، މިއީ ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިސްރަށްވެހިންގެ ނާދީން ވެސް ބައިވެރިވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް