ހުޅުމާލޭގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބުދުރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީން ކުރިއަށްގެންދާ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދެމުން އަންނަނީ 10 އެނދުގެ ޖާގައާއި އެކު ކަމަށާއި އެހެން ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން މިހާރު ޖާގަ އިތުރުކުރުމަށްޓަކައި، ހުޅުމާލޭގައި ހުންނަ އިންފެކްޝަސް ޑިސީސް މެނޭޖްމަންޓް ސެންޓަރުގައި 30 އެނދުގެ ޑަޔަލިސިސް ޚިދުމަތް ދެވޭނެ ތަނެއް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ.

މީގެ އިތުރުން، މިކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ، މި ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެ ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމަށް ގިނަ މަސައްކަތެއް ކުރައްވަމުން އަންނަ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް