ކ އަތޮޅުން ފެށިގެން ގދ އަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ބުނީ މިއަދު ހެނދުނު 9:45 އިން ފެށިގެން މެންދުރު ފަހު 15:30 ގެ ނިޔަލަށް ކ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެެފައިވާ ކަމަށެވެ.

މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށާއި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުންވަނީ މީގެ ކުރިން ވަނީ މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ "ޓްރަފް"އަކާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް