ރަސްދޫގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފި

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.

އެ ޢާއިލާއާ ޙަވާލާދީ "މިހާރު" ނޫހުން ބުނެފައިވާގޮތުގައި، އިތުރު ފަރުވާއަށް އެމީހާ އިއްޔެ ހެނދުނު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށާއި ބޭރަށް ގެންދިޔައިރު، ކުރިއަށް ވުރެ ހާލު ރަނގަޅު ކަމަށް ވެސް އާއިލާއިން ބުންޏެވެ.

މާރިޗު 26 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަލިފާން ރޯވީ ދެމީހުންގެ ތެރެއިން އަންހެންމީހާވަނީ މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާގައި އަލިފާންރޯވި ފިރިހެން މީހާ އިންޑިއާއަށް ގެންދިޔުމާ ހަމައަށްވެސް ފަރުވާދީފައިވަނީ އައިސީޔޫގައިކަމަށް އައިޖީއެމްއެޗްއިންވަނީ މަޢުލޫމާތު ދީފައެވެ. މި ހާދިސާގައި އަލިފާން ރޯވި ދެމީހުންގެ ހަށިގަނޑުގެ ބޮޑުބައެއް އަނދާފައިވާއިރު، އެމީހުންނަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗުން ވަނީ އިންޑިއާއިން ހާއްޞަ ޑޮކްޓަރެއްވެސް ގެނެސްފައެވެ.

މިއީ ތަހުގީގުކުރަމުންދާ ހާދިސާއެއްކަމުން އެެ ހާދިސާ ހިނގައިދިޔަގޮތް އަދިވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް