މި ދެބޭފުޅުންގެ އަރިހުގައި މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގަންނެވިއެވެ.އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.… pic.twitter.com/X9Lb8qOoZ8
— Ministry of Construction, Housing & Infrastructure (@MoCImv) April 8, 2025
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 829.7 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް 1440 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، މި މަޝްރޫއުގެ ދަށުން ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފަައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅައި، ސ.ފޭދުގައި ފެން ހިންދުމުގެ ނިޒާމުވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، ސީޓީބީ މަގުތަކުގައި ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހަދައި އެމަގުތަކުގައި ދުވާރުތައް ތަރައްގީކޮށް ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެއެވެ.





