ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކެނެޑާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކެނެޑާގެ އެހީތެރިކަން ހޯދުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކެނެޑާގެ ހައިކޮމިޝަނަރ އެރިކް ވޮލްޝްއާއެކު ބޭއްވެވި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމުގައި ކެނެޑާގެ އެހީތެރިކަން ހޯދުމާއި ގުޅިގެންވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަދި ދަނޑުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމާއި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމާއި، އެކަމަށް އެއްބާރުލުންދީ ހަރުދަނާގޮތެއްގައި އެ މަސައްކަތް ކުރުމަށް އެހީތެރިކަން ހޯދުމަކީ މި ބައްދަލުވުމުގެ އެންމެ ބޮޑު އެއް ބޭނުންކަމަށް އެ މިނިސްޓްރީއިން ވަނީ މަޢުލޫމާތުދީފައެވެ.

މި ބައްދަލުވުމުގައި ވަޒީރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވަމުންދާ ދަތިތަކާއި، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ހުރި ދަތިތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތައް ކެނެޑާގެ ހައިކޮމިޝަނަރއާ ހިއްސާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް