18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ނިންމުމަށް ކުންފުނިތަކާ ހަވާލުކޮށްފި

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، 114.9 މިލިއަން ރުފިޔާއަށް މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީ އާއެވެ.

މި މަޝްރޫއުތަކަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީޚުތައް ބައެއް ކުންފުނިތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައިނުވާ މަޝްރޫޢުތަކެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި 18 މަޝްރޫއުތަކުގެ ތެރެއިން 15 މަޝްރޫއެއް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވަނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަމް، ހދ. ނޭކުރެންދޫ،ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، އަދ ލ. މާވަށުގައި ކުރިއަށްދާ މަޝްރޫޢުތަކެވެ.

އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 2 މަޝްރޫއެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުށި އެވެ. އަދި މ.ވޭވަށު ސްކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

 


މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު, ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓް ގައި ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް