ކޯރާޑިއަކާއި އިތުރު ހަތިޔާރުތަކެއް ބޭނުންކޮށްގެން މީހަކަށް ހަމަލަދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ކޯރާޑިއަކާއި އިތުރު ހަތިޔާރުތަކެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޙަމަލާދޭން އުޅެފައިވަނީ މއ. ކޫލްއައިސިސް، އަޙްމަދު ރަޝީދު ނަމަކަށް ކިޔާ 61 އަހަރުގެ މީހަކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާގޮތުން، އެމީހާ މީހަކަށް ހަމަލާދޭން ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއް ވެސް ބޭނުންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވެއެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އަޙްމަދު ރަޝީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަށް ބަލައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މީހެއްގެ ހަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށްވާތީ، އޭނާގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް