އަލިފާނުގެ ހާދިސާގައި ރަސްދޫގައި ފިހުނު ފިރިހެންމީހާ ވެންޓިލޭޓަރުން ނަގައިފި

އަލިފާނުގެ ހާދިސާގައި އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން ސަލާމަތްވި ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.

މާރިޗު 26 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަލިފާން ރޯވީ ދެމީހުންގެ ތެރެއިން އަންހެންމީހާވަނީ މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާގައި އަލިފާންރޯވި ފިރިހެންމިހާއަށް މިހާރުވެސް ފަރުވާދެނީ އައިސީޔޫގައިކަމަށާއި އެހެން ނަމަވެސް މިހާރު އެމީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗްއިންވަނީ މަޢުލޫމާތު ދީފައެވެ.

މި ހާދިސާގައި އަލިފާން ރޯވި ދެމީހުންގެ ހަށިގަނޑުގެ ބޮޑުބައެއް އަނދާފައިވާއިރު، އެމީހުންނަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗުން ވަނީ އިންޑިއާއިން ހާއްޞަ ޑޮކްޓަރެއްވެސް ގެނެސްފައެވެ.

މިއީ ތަހުގީގުކުރަމުންދާ ހާދިސާއެއްކަމުން އެެ ހާދިސާ ހިނގައިދިޔަގޮތް އަދިވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް