އޮޅުހިޔާ ފެސިލިޓީއަށް 30 ބުޅާ ގެންދެވިއްޖެ

އޮޅުހިޔާ ފެސިލިޓީއަށް 30 ބުޅާ ގެންގޮސް ބަލަހައްޓަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ ރަސްމީ އެކްސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޮޅުހިޔާ ފެސިލިޓީގައި މިހާރު ބަލަހައްޓަމުން ގެންދަނީ ސަލާމަތްކުރެވިފައިވާ 30 ސްޓްރޭ ބުޅާކަމަށާއި، އެ ބުޅާތައް ސަލާމަތުން ގެންގުޅުމަށްޓަކައި ބުޅާ ފެސިލިިޓީގައި ކުރިން ހަރުކޮށްފައި ހުރި ދާގަނޑުތަކުގެ މަތިން އެހެން ދާގަނޑެއް ހަރުކުރެވިފައިވާ ކަމަށެވެ.


މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސިޓީ ކައުންސިލުން އިސްނަގައިގެން ހެދި ފެސިލިޓީއަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް އެ ފެސިލިޓީ ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅު ހިޔާ ބޭނުން ނުކުރެވި ވަނީ ދިގުލައިގެން ގޮސްފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން މަޢުލޫމާތުދޭގޮތުގައި، އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ހުރިހާ ކަމެއް އެ ވުޒާރާއިން ވަނީ ފުރިހަމަކޮށްފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެއެވެ. އެއީ ޖަނަވާރުނަގެ ހާއްސަ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އެތަނުގައި އުޅެނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއްކަމަށްވެސް މަޢުލޫމާތުލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް