މާވަށަށް 800 ކިލޯވޯޓުގެ އައު އިންޖީނެއް ގެންގޮސްފި

ލ. މާވަށަށް 800 ކިލޯވޯޓުގެ އައު އިންޖީނެއް ގެންގޮސްފިއެވެ.

މި އިންޖީނަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ގެންދެވުނު އިންޖީނެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެއެވެ.


އަދި އެ އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިފައިވާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އާންމުންނަށް އެއިން ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ފެނަކައިންވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީއަށް ކުރިމަތިވަމުންދާ ކަރަންޓުގެ މައްސަލައަށީ ޙައްލެއް ހޯދުމަށްޓަކައިވެސް ދާދި ފަހުން ފެނަކައިން ވަނީ އެ ސިޓީއަށްވެސް އިންޖީނެއް ފޮނުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް