އެޗްޑީސީ ގެ ބޯޑު މެންބަރުކަމުން މުޙައްމަދު ވަޙީދު ވަކިކޮށްފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑިސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް 2023 ވަނަ ޢައްޔަނުކުރެވުނު ހއ. ފިއްލަދޫ، މަބުސްތާނު ގެ އަލްފާޟިލް މުޙައްމަދު ވަޙީދު މިއަދު އެ މަޤާމުން ވަކިކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓަކުންނެވެ. މުޙައްމަދު ވަޙީދު އެމަޤާމުން ވަކިކޮށްފައިވާ ސަބަބު މިހާތަނަށް ހާމަކޮށްފައިނުވެއެވެ. މުޙައްމަދު ވަހީދަކީ މީގެ ކުރިން އެޗްޑީސީގެ ބައެއް އިސްމަޤާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާވަނީ މީގެ ކުރިން ވެމްކޯގައިވެސް މަސައްކަތްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް