އުތުރުގައި ގާއިމްކޮށްފައިވާ ފެރީ ސްޓޮޕްތަކެއް ކައުންސިލްތަކާ ހަވާލު ކުރަނީ

ރާއްޖޭގެ އުތުރުގައި ޤާއިމްކޮށްފައިވާ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާ ހަވާލުކުރުމަށް މިއަދު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ވިލާ ކޮލެޖުގައެވެ.

އާރްޓީއެލްގެ ޒޯން 1 ގެ ދަށުން ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ޤާއިމްކޮށްފައިވާ ފެރީ ސްޓޮޕްތައް މި އެއްބަސްވުމުގެ ދަށުން ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް ބަދަލުކުރެވޭނެއެވެ.

މި ބަދަލާ އެކު، ފެރީ ސްޓޮޕްތަކުގެ ކޮމާޝަލް އޭރިއާތަކާއި އިންވެގެންވާ ސަރަހައްދުތައް ކުއްޔަށް ދިނުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

މި ވަގުތު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް، ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވިފައެވެ. އަދި ރ އަތޮޅާއި ބ އަތޮޅުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފެރީގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފެރީ ސްޓޮޕްތައް ކައުންސިލްތަކާ ހަވާލުކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް