ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރު: ގާސިމް

ސަރުކާރަށާއި ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރުކަމަށް އެ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލާ އެއަރއިން ކާޑެއްދޫ އެއަރޕޯޓު ރަނގަޅަށް ބަލަހައްޓަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، މި ވަގުތު އެއަރޕޯޓު ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި، ޚަރަދުތައް ފޫބެއްދުމަށް މަހަކު މިލިޔަނެއްހާ ރުފިޔާ ޚަރަދުކުރަން ޖެހޭކަމަށެވެ.

2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަށް ވިލާ އެއަރއާ ހަވާލުކުރެވުނު އެއަރޕޯޓުގެ އެއްބަސްވުން 2017 ވަނަ އަހަރު ސަރުކާރުން ބާޠިލުކުރިއެވެ. ނަމަވެސް މިކަމާ ގުޅިގެން ވިލާ އެއަރއިން ކޯޓަށް ހުށަހެޅި މައްސަލައިގައި، އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި، އެއްބަސްވުން ވަނީ ދަމަހައްޓާފައެވެ.

"ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ނުކުރެވިގެން މި އުޅެނީ ދުނިޔޭގެ މަސްރަހަށާއި ރާއްޖޭގެ މަސްރަހަށް ބަލާއިރުވެސް އަދި ރާއްޖޭގެ ކްރެޑިޓް ރޭޝިޔޯއަށް ބަލާއިރު ފައިނެންސްގެ ދަތިތައް ހުރުމުން،" ޤާސިމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް