ރޯދަ މަހަށް މާލެ އާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ގާއިމު ަކުރަނީ

ކުރިއަށް އޮތް ރޯދަ މަހު ކާބޯތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މާލެ އާއި ހުޅުމާލޭގައި ވަގުތީ މާރުކޭޓުތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގެއްގައި މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓު ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވި ގޮތުގައި، ވަގުތީ މާރުކޭޓުތައް ހެދުމަށް މަޝްވަރާ ކުރެވެމުން ދަނީ މާލޭގެ އިތުރުން ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައެވެ. ނަމަވެސް، މި މަޝްރޫއުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން، ރޯދަ މަހު ބާޒާރުގައި ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި 141 އަޓަކައި 141 އަސާސީ ބާވަތެއް މޮނިޓަރކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފިއެވެ. މި އަސާސީ ބާވަތްތައް މޮނިޓަރކުރާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

1. ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 އައިޓަމް
2. މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމް
3. މަސް (ކަނޑުމަހުގެ ބާވަތްތަކުން) 10 އައިޓަމް

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، މި ތަކެތީގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެއްޗެވެ. މި ތަކެތި މޮނިޓަރކުރުމަށް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން މާލެ އާއި އަތޮޅުތެރޭގެ ފިހާރަތަކާއި، ލޯކަލް މާރުކޭޓުތަކުގައި ހަރަކާތްތެރިވާނެއެވެ.

"އެ އެނާލިސިސްގެ ދަށުން އަޅުގަނޑުމެންނަށް އަސާސީ ބާވަތެއްގެ އަގު ބޮޑުވެއްޖެ ނަމަ މިނިސްޓްރީން އިންޓަވީން ކުރާނެ،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި އަގުތައް ހިފަހައްޓާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް