އަހާފޯރަމް- ވަޒީރު ޝަހީމް:ރައީސް ޑރ މުއިއްޒުގެ މިދައުރުގައި ހައްޖަށް ދިއުމަށް ކުރާ ހޭދަ ކުޑަކުރެވޭނެ

ހައްޖުކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުްނ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގައި ޙައްޖަށް ދިއުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި މިވަގުތު 9000 މީހުން ތިބިއިރު، އަންނަ އަހަރުން ފެށިގެން ކިޔުގެ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށް ލުއިތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކި އަހަރެވެ. އަދި މިވަގުތު ރާއްޖޭގައި 40 އަށްވުރެ ގިނަ މިސްކިތް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ދަނީ ކުރިއަށެވެ.

ޙައްޖު ކޯޕަރޭޝަނުން މިހާރުވެސް ޙައްޖަށް ދިއުމުގެ ޚަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވުމާއެކު، ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް