ރޯދަ ސާފު ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވަނީ

މާލެ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް "ރޯދަ ސާފު"ގެ ނަމުގައި މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޙަރަކާތަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާތެކެވެ.

މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:15 ގައެވެ. މި ޙަރަކާތުގައި ސަރުކާރުގެ 20 އަށްވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އެކި މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކާއި، މިނިވަން މުއައްސަސާތައް ހިމެނެއެވެ.

މި ޙަރަކާތުގެ ދަށުން މާލޭގެ މުހިންމު އެކި ސަރަޙައްދުތައް ސާފުކުރެވޭނެއެވެ. އެގޮތުން

  • އިންޑަސްޓްރިއަލް ޒޯން،
  • އުސްފަސްގަނޑު ސަރަޙައްދު،
  • ލޮނުޒިޔާރަތް ޕާކު ސަރަޙައްދު،
  • ހެދިގޮނޑުދޮށު ސަރަޙައްދު،
  • އަލިމަސް ކާނިވާ ސަރަޙައްދު،
  • މަސްވެރިންގެ ޕާކު ސަރަޙައްދު،
  • އެމްޕީއެލް ސަރަޙައްދު،
  • ރަސްފަންނު ސަރަޙައްދު.

މި ޙަރަކާތުގައި ބައިވެރިވާ މުއައްސަސާތަކުގެ ތެރޭގައި:

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޑިފެންސް،
  • މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ،
  • މިނިސްޓްރީ އޮފް ހެލްތު
  • އެމްޓީސީސީ،
  • އާސަންދަ،
  • ސްޓެލްކޯ،
  • އެމްޑަބްލިޔުއެސްސީ
  • އެހެނިހެން ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައްވެސް

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް