ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ކ. އަތޮޅު ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ދިޔަ ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ފަށައިފައެވެ.

އެމްއެންޑީއެފްއިން މިއަދު ހާމަކުރި ގޮތުގައި، ގެއްލިފައިވަނީ ފިރިހެން ފަތުރުވެރިއެކެވެ.

ނަމަވެސް، ގެއްލުނު ފަތުރުވެރިޔާއާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ، މިދިޔަ މަހުގެ ފަހުކޮޅު އިފުރު އައިލެންޑް ރިސޯޓުގައި ހިނގި ހިތާމަވެރި ހާދިސާއެއްގެ ފަހުންނެވެ. އެ ހާދިސާގައި އިފުރު އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ސްނޯކްލިންގ އަށް ގޮސް ގެއްލުނެވެ. އެ މުވައްޒަފު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް