ގެއްލުނު ސިނގިރޭޓުގެ އަގަށްވާ ހައްޓި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އޭޖީއަށް

ބޮންޑެޑް ދެ ވެއާހައުސްއެއްގައި ބަހައްޓާފައި ހުއްޓާ ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި، ދެ ވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ އަށުހައްޓި (68) މިލިއަން ރުފިޔާ ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ގެއެއްގައި ހަދާފައިވާ ބޮންޑެޑް ވެއާހައުސްއަކުން 34،500 ކާޓޫނު ސިނގިރޭޓު ގެއްލުނު (ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،) މި މައްސަލައިގައި ހިމެނޭ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަސްޓަމްސްގެ ބުނީ އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއިން 47.2 މިލިއަން ރުފިޔާ އަދި އެސްޖީއެމް ކުންފުނީގެ ވެއާހައުސްއިން 20.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަަމަށެވެ. މި ދެ ވެއާހައުސްގެ ރަޖިސްޓްރޭޝަން ވަނީ ބާތިލުކޮށްފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މި މައްސަލަ ހުށަހެޅިފައިވަނީ ކަސްޓަމްސްއަށް ނޭނގި ވެއާހައުސްގެ ތަޅު ބަދަލުކުރި ނުވަތަ ހަލާކުކޮށްލި ކަމަށް ތުހުމަތުކުރެވޭތީއެވެ. "އަޅުގަނޑުމެން އޮޑިޓް ކުރަން ބުނެ ބުނެ އެ މީހުން ވަޑައިނުގަންނަވާ، ޗެކް ކުރަން އުޅެއުޅެ ހުއްދަ ނުދިން," އިހުސާން ވިދާޅުވިއެވެ.

މި މައްސަލައިގެ ޖިނާއީ ތަޙުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރިއަށެވެ. ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅެއް އަޅުވާގޮތަށް ހަމަޖެހިފައިވާއިރު، އޭގެ އެއް ތަޅުދަނޑި އޮންނަނީ ކަސްޓަމްސްގައި އަދި އަނެއް ތަޅުދަނޑި އޮންނަނީ މުދަލުގެ ވެރިފަރާތުގެ އަތުގައެވެ. އަދި ވެއާހައުސް ހުޅުވަންވާނީ ދެފަރާތުގެ ހާޒިރުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް