ދާދިފަހުން އަލިފާން ރޯވި ހައުސްޕްލާޒާއާ ޖެހިގެން ހުރި ނިއުޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް!

މާފަންނު ހައުސްޕްލާޒާގައި ހޮނިހިރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގުމަށްފަހު، މިރޭ އެ ގެއާ ޖެހިގެން ހުރި ނިއުޕްލާޒާގައި އަލިފާން ރޯވެއްޖެއެވެ. މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:00 ގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

މި ސަރަހައްދަކީ އަލިފާނުގެ ހާދިސާތައް ތަކުރާރުވަމުންދާ ސަރަހައްދެކެވެ. މިގޮތުން 2023 ވަނަ އަހަރުވެސް މި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ހާދިސާއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބި، 55 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނެވެ.

މިވަގުތު ނިއުޕްލާޒާގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ވަނީ އެއްކޮށް ކޮންޓްރޯލް ނުކުރެވިއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް