ރޯދަ ހަދިޔާ ބަހަން ފަށައިފި، ފުރަތަމަ ހދ އަތޮޅުގެ ރަށްތަކަށް،

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަމަޟާން މަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ނާއިބު ޢަލީ ޝަމީމެވެ.

ޝަމީމް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް ކުޅުދުއްފުށި ސިޓީއާއި، ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުރިނބީގެ ގޭބީސީތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ. އަދި އަތޮޅުގެ އެހެން ރަށްތަކަށް މި ހަފުތާގެ ތެރޭގައި މަސްދަޅު ކޭސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތުވެސް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަދޭ،" ޝަމީމް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގައި ރަމަޟާން މަހާ ގުޅިގެން ރައްޔިތުންނަށް ގިނަ ޢިނާޔަތްތަކެއް ދެއްވަމުން ގެންދަވައެވެ. މީގެ ތެރޭގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު އޮފީސްތައް ބަންދުކުރެއްވުމާއި، ގޭބީސީތަކަށް ރޯދަ ހަދިޔާ ދެއްވުން ހިމެނެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހެޔޮ ޢިނާޔަތްތަކެއް ރަމަޟާންމަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް އަންނަނީ ސަރުކާރުން ފޯރުކޮށް ދެއްވަމުންނެވެ. އެ ގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ވެސް ބައެއް ޢިނާޔަތްތައް ރޯދަމަހާ ގުޅިގެން، ފާއިތުވެ ދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަކޮށްލަމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް