ވީއައިއޭގައި، ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި، ކާރަކާއި ޕިކަޕެއް ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 13:50 ހާއިރު، ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް ދާން އޮންނަ މަގުމަތީގައެވެ. މި އެކްސިޑެންޓުގައި ޕިކަޕް ދުއްވަމުން ދިޔަ ފަރާތުގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްފައިވާތީ، އިތުރަށް ޗެކްކުރުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި މި އެކްސިޑެންޓުގައި ބައިވެރިވި ދެ އުޅަނދު ވެސް ދުއްވަމުން ގެންގޮސްފައިވަނީ ޑްރައިވިންގ ލައިސަންސް އޮތް ދެ ފަރާތަކުންނެވެ. އަދި މި ވަގުތު ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވަމުންނެވެ.

މިފަދަ އެކްސިޑެންޓްތައް އިތުރުވަމުން ދިއުމާ ގުޅިގެން، އެއާޕޯޓު ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް