ހައުސް ޕްލާޒާ އަލިފާނުގެ ޙާދިސާ: 55 މީހުންނަށް ވަގުތީ ބޯ ހިޔާވަހިކަން ދީފި

މިއަދު ހެނދުނު މާލޭގެ މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ދެ ގެއެއްގައި ދިރިއުޅެމުންދިޔަ 55 މީހުން ވަނީ ވަގުތީ ހިޔާވަހިކަމަށް ބަދަލުކުކޮށްފިއެވެ. މީގެ ތެރޭގައި 20 ބިދޭސީން ހިމެނެއެވެ.

މިއަދު ހެނދުނު 6:35 ގައި ފެށުނު މި ހާދިސާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ 07:47 ގައި ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން ފާހަގަކުރެވެއެވެ.

އަލިފާން ރޯވެފައިވަނީ ގިނަ ދުވަސްވެފައި ހުރި ފަޅު ގެއެއްގެ ގޮތުގައި ހުރި މި ޢިމާރާތުގައި ހުރި ކުނިތަކެއްގައެވެ. މި ހާދިސާގެ ސަބަބުން ހައުސް ޕްލާޒާ ކައިރީގެ ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވެއެވެ.

މ. ހައުސް ޕްލާޒާއަކީ މީގެ ކުރިންވެސް އަލިފާނުގެ ހާދިސާތައް ތަކުރާރުވަމުން އައި ޢިމާރާތެކެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި ޢިމާރާތުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް