ބައި އިލެކްޝަނުގެ ބޮޑު ކާމިޔާބީއެއް ޕީއެންސީއަށް!

މިއަދު ބޭއްވުނު ބައެއް ރަށްރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީ އިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފިއެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 6،275 މީހުން ވޯޓުލާފައިވާއިރު، އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 55.4 އިންސައްތައެވެ.

މިއަދުގެ އިންތިޚާބުތަކުގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ވަނީ ހޮވާފައެވެ. ކައުންސިލްތަކުގެ ތެރެއިން ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީގެ އާތިފާ މޫސާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހދ. މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އަމިއްލަގޮތުން ކުރިމަތިލި އިބްރާހިމް މުޙައްމަދެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ޕީއެންސީން ވަނީ އަށް ރަށެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި

  • ރ. އިންނަމާދޫ،
  • ލ. ގަން،
  • ތ. ބުރުނީ،
  • ބ. ގޮއިދޫ،
  • ހދ. ހިރިމަރަދޫ،
  • ނ. ލަންދޫ އަދި
  • ގއ. ކަނޑުހުޅުދޫ ހިމެނެއެވެ.

އެހެންނަމަވެސް އދ. ހަންޏާމީދޫ އާއި ދ. ހުޅުދެލި އަދި ނ. މިލަދޫގެ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓުންނެވެ.

ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން މިހާރު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަމުން ގެންދަނީ އަހަރަކު ދެ ފަހަރުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް