ގއ ވިލިނގިލީގައި، ކަޅުހެދުމުގައި ނުކުމެ ސުލްހަވެރި އިހުތިޖާޖެއް ކޮށްފި

ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު މާލެ ގެނައުން ލަސްވެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލާގައި، ހޮސްޕިޓަލުގެ ކަންކަން ރަނގަޅުކުރުމަށް ގޮވާލައި، މިއަދު ކަޅުހެދުންތަކުގައި ނުކުމެ، ސުލްހަވެރި އިހުތިޖާޖެއް ބާއްވައިފިއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ވިލިނގިލީ ޒަމާނީވިލާ، ފާތިމަތު ޝިއުނާ (37 އަހަރު) އާއި އޭނާގެ ދަރިފުޅެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ޝިއުނާ ނިޔާވީ މޯލްޑިވިއަން އެއަރލައިންސްއިން އޮޕަރޭޓްކުރާ އެއަރ އެމްބިއުލާންސް ކުއްޑޫއަށް ދިޔުން ލަސްވެގެންނެވެ..

ހަވީރު 4:30 ގައި ހޮސްޕިޓަލު ކުރިމަތިން ފެށުނު އިހުތިޖާޖުގައި ބައިވެރިން ތިބީ ހިތާމަ ފާޅުކުރުމުގެ ގޮތުން ކަޅު ހެދުމުގައެވެ. އިހުތިޖާޖުގައި ވާހަކަދެއްކެވި ވިލިނގިލީ ކައުންސިލްގެ ޕީއެންސީ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، "މި އިހުތިޖާޖުގެ މައިގަނޑު މަޤްޞަދަކީ ހޮސްޕިޓަލާ ހަވާލުވެގެން ތިބި މީހުން ޒިންމާދާރު ކުރުވުން" ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކޮށް، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ އަޑުއުފުލައި ގޮވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް