ބައި އިލެކްޝަން؛ 6257 މީހުން ވަނީ ވޯޓުލާފައި، ވޯޓު ނުލާ %44 މީހުން!

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ގަޑި ނިމި، ފޮށިތައް ބަންދުކުރިއިރު، ވޯޓުލާފައިވާ މިންވަރު ދައްކައިދޭ ތަފާސްހިސާބު ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ އަންހެނުންގެ ތެރެއިން 3,292 މީހުންނާއި، ފިރިހެނުންގެ ތެރެއިން 2,983 މީހުންނެވެ. މިއީ ޖުމުލަ 6,275 މީހުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 55.41 އިންސައްތައެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމުލަ 11,325 މީހުންގެ ތެރެއިން 5,050 މީހުން ވޯޓުނުލައެވެ. މިއީ 44.59 އިންސައްތައެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 5,555 އަންހެނުންނާއި 5,770 ފިރިހެނުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް