ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނަކު ރައީސަށް ދެންނެވީ ވަޒީފާއަކަށް އެދި، ދެއްވީ އަވަސް އުފާވެރި ޖަވާބެއް!

ހއ. އުލިގަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނަކު ވަޒީފާއަށް އެދި ދެންނެވި ދެންނެވުމަށް އިޖާބަދެއްވައި އެޒުވާނާއަށް ވަޒީފާ ހަމަޖައްސަވައިދެއްވައިފިއެވެ.

އިޙްސާން ޢަބްދުލް މުޙްސިން ވަޒީފާއަކަށް އެދި ހުށަހެޅި ސިޓީއަށް 3 ދުވަސް ފަހުން މިވަނީ ޖަވާބެއް ލިބިފައެވެ. އަދި ޖަވާބާއެކު އިހުސާނަށް ވަނީ އެރަށު ފެނަކަ ބްރާންޗުން ވަޒީފާ ލިބުނުކަމުގެ ލިޔުންވެސް ލިބިފައެވެ.

އިހުސާން، ފެނަކައިގެ މުވައްޒަފުންނާއެކު

ރައީސް ޑރ މުއިއްޒު މިނިމުނު ޖަނަވަނީމަހު 30ވަނަ ދުވަހު އުލިގަމަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޚާއްޞަކޮށް ސިއްޙީ ދާއިރާއަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ހަމަމިއާއެކު،އުލިގަމުގެ ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް އާދައިގެ ފެންވަރެއްގައި ހުރިކަން ފާހަގަކުރައްވައި، އެރަށުގައި ފެންވަރު ރަނގަޅު ސިއްޙީ މަރުކަޒެއް އަވަސް މުސްތަޤުބަލެއްގައި އަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް