އަހަރީ ފީ އަދި ޖޫރިމަނާ، މިހާރު ބަހާލައިގެން ވެސް ދެއްކޭނެ!

އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި
އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލައިފައެވެ. މިހާތަނަށް މި ފުރުޞަތުގެ ދަށުން 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 20 އެޕްލިކޭޝަން ވަނީ ބަލައިގަނެފައެވެ.

މި ފުރުޞަތު ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން ދައްކަންޖެހޭ އަދަދު 10،000 ރުފިޔާއަށްވުރެ ބޮޑުވުމާއި، އުޅަނދުގެ ވެރިފަރާތް ކަމުގައިވުމާއި، ކުރިން މިފަދަ ފުރުޞަތެއް ލިބިފައިނުވާ ފަރާތްތަކަށް އެކަނި މި ފުރުޞަތު ލިބޭނެއެވެ.

ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ ފަރާތްތަކުން ޚާއްޞަ ފޯމެއް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ. އަދި ހުށަހެޅުމުން 10 ދުވަހުގެ ތެރޭގައި ކޮމިޓްމަންޓް ފީއެއް ކަނޑައެޅޭނެއެވެ. މި ކޮމިޓްމަންޓް ފީ 14 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ އަދި މި މުއްދަތުގައި ނުދައްކައިފިނަމަ ފުރުޞަތު ގެއްލޭނެއެވެ.

މި އިންތިޒާމުގެ ދަށުން ފައިސާ ދެއްކުމަށް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ. މިއީ އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ އައު އިންތިޒާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް