ރޯޝަނީމަގަށް ތެލާއި ނަޖިސް ބޭރުކުރާ ގެ ހޯދައި، އެގެއިން މީހުން ހުސްކުރަނީ

ރޯޝަނީމަގުގެ ޖަންކްޝަނަށް ނަޖިހާއި ތެޔޮ އެޅޭ ގޮތަށް ހަދާފައިވާ ގެއެއް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ. މި މައްސަލަ ބެލުމަށް މޭޔަރު އާދަމް އާޒިމް ވަނީ  އަމިއްލަފުޅަށް އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި، މަގުގެ ދެފަރާތުގެ ކާނުތައް ނަގައި ބައްލަވާފައެވެ.

މި މައްސަލައާ ގުޅިގެން އެ ތަންތަން ބަންދުކުރަން މިހާރު އަންގައިފައިވާނެ ކަމަށާއި މައްސަލަ ހައްލުކުރުމުން ނޫނީ އެ ގެއަށް އިތުރު ހުއްދަތަކެއް ދޫނުކުރުމަށްވެސް ނިންމާފައިވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފަައެފެ. އަދި ނަޖިސް ދޫކުރި ގޭގައި ދިރިއުޅޭ މީހުން ވެސް ހުސްކުރުމަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މީގެ ކުރިން ވެސް އެ ކާނުތަކަށް ނަޖިސް އެޅި ވަސް ދުވާތީ ސާފުކުރިން. ނަމަވެސް ތަކުރާރުކޮށް އެ ކަން މެދުވެރިވާތީ، އެކި ފަހަރު މަތިން ބެލިއިރު، އަސްލު މައްސަލަ ދެނެގަނެވުނީ މުޅި މަގުގެ ދެ ފަރާތުން ކާނުތައް ނަގައި ބެލުމުން،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީ އާއި މާލެ ސިޓީ ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން އެތަން ސާފު ކުރުމުގެ މަސައްކަތް ކުރުމާއެކު އެމައްސަލަ ބަލައި އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ،

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް