ބީއެމްއެލްގެ 182 ފްލެޓުގެ ފައުންޑޭޝަނަށް ކޮންކްރީޓް އަޅަން ފަށައިފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްޤީކުރާ 182 ފްލެޓުގެ ފައުންޑޭޝަނަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ، މި ހައުސިންގ ޔުނިޓްތަކުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި، ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށެވެ.

ތިން ކޮޓަރީގެ މި ފްލެޓްތައް ދޫކުރާނީ، ކުލި ދައްކައި ނިމުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔަކަށެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި، މިއީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފަށައި، ހުރިހާ މަސައްކަތެއް ނިންމައި ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ފުރަތަމަ ހައުސިންގ މަޝްރޫޢު ކަމުގައި ވެގެންދާނެއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގއިން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ފްލެޓު އަޅަމުންދާއިރު، މާލެ ސަރަހައްދުގައި 3،200 އަށްވުރެ ގިނަ ފްލެޓު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް