މާދަމާއިން ފެށިގެން ކައްކާ ގޭސް ފުޅިތަކަށް ފުރިހަމަ މިންވަރަށް ގޭސް އަޅައިދޭނެ

ގޭސް ސަޕްލައިކުރުމުގައި ދިމާވި ދަތިތައް ހައްލުކުރެވިފައިވާތީ، މާދަމާއިން ފެށިގެން ކައްކާ ގޭސް ފުޅިތަކަށް ކުރިއެކޭ އެއްގޮތަށް ފުރިހަމަ މިންވަރަށް ގޭސް އަޅައިދޭނެ ކަމަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭހުން ބުނެފިއެވެ.

މޯލްޑިވްސް ގޭހުން މިއަދު ބުނީ، އެލްޕީޖީ ގޭސް ސަޕްލައިކުރުމަށް ދިމާވި ދަތިތައް މިވަގުތަށް ހައްލުކުރެވިފައިވާ ކަމަށާއި، އެހެންކަމުން ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލަން ނިންމި ކަމަށެވެ.

ގޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވުމާ ގުޅިގެން، ގޭސް އަޅައިދޭ މިންވަރު ލިމިޓުކޮށްފައި އޮތީ މިގޮތަށެވެ:

  • 10 ކިލޯގެ ފުޅި: 7 ކިލޯ
  • 22 ކިލޯގެ ފުޅި: 14 ކިލޯ
  • 45 ކިލޯގެ ފުޅި: 31 ކިލޯ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް