ލ. ކަލައިދޫގައި އެމްއައިބީގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްގެ ޚިދުމަތް ލ. ކަލައިދޫގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އެމްއައިބީން ހާމަކުރި ގޮތުގައި، މި ޚިދުމަތަކީ ބޭންކިންގ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ މުޖުތަމައަށް ބޭނުންވާ މާލީ ބޭނުންތައް ފަސޭހަކަމާއެކު ފުއްދައިދިނުމަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ. މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެ ބޭންކުގެ އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިންގ ވިއުގަ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރެވުނު މަރުކަޒެކެވެ.

އަލަށް ބެހެއްޓުނު މި އޭޓީއެމް މެދުވެރިކޮށް ކަލައިދޫގެ އިތުރުން އިސްދޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށްވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

އެމްއައިބީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތްތައް ފުޅާކުރަމުންދާއިރު، ޑިޖިޓަލް ބޭންކިންގއަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ބޭންކަށް ހާޒިރުނުވެ ވަގުތުން އެކައުންޓް ހުޅުވުމާއި، "ފަވަރަ" މެދުވެރިކޮށް އެހެން ބޭންކުތަކަށް ވަގުތުން ފައިސާ ފޮނުވުމުގެ އިތުރުން، ކާޑަކާ ނުލައި ފައިސާ ޖަމާކުރުން ފަދަ ޒަމާނީ ލުއިފަސޭހަ ޚިދުމަތްތައް ހިމެނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް