ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް: އިތުރު 540 ފުލެޓާއެކު ބީއެމްއެލްއިން 3،800 ފުލެޓު އަޅަނީ -

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ނިންމި ނިންމުމަކީ ސިޔާސީ ނުފޫޒެއް އޮތް ކަމެއް ނޫން ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ނިންމުންތަކަކީ ބޭންކުގެ ބޯޑުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، މުސްތަޤުބަލުގައި ބޭންކަށް މާލީ މަންފާ ލިބޭނެ ގޮތަށް ބަލައި ނިންމާފައިވާ ވިޔަފާރީގެ ނިންމުންތަކެކެވެ.

ބޭންކާ ގުޅޭގޮތުން ދެކެވޭ ތަފާތު ވާހަކަތަކާއި، ބައިނަލްއަޤުވާމީ މަސްރަޙުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން ކުރާ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ބައެއް ފަރާތްތަކުން މި ނިންމުންތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރަނީ އޭޓީއެމް ނެޓްވޯކް ވަރުގަދަކުރުމާއި ހައުސިންގ ދާއިރާއަށް ބޭންކުން އިންވެސްޓްކުރަން ފެށުމުން ކަމަށެވެ.

ނަމަވެސް، މިއީ ހަމައެކަނި ބޭންކުގެ ކުރިއެރުމަށްޓަކައި މެނޭޖްމަންޓާއި ބޯޑުން ނިންމި މިނިވަން ނިންމުންތަކެއް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގައި ސަރުކާރުގެ ބޮޑު އިންވެސްޓްމަންޓެއް ހިމެނޭތީ އެކަމުގެ ކްރެޑިޓް ސަރުކާރަށް ލިބިދާނެއެވެ. އެހެންނަމަވެސް، ބޭންކުން އެ މަޝްރޫޢު ކުރިއަށް ގެންދިޔައީ އެކަމުން ބޭންކަށް ލިބޭނެ ފައިދާއަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިހާތަނަށް "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން 105 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައިވާއިރު، ބޭންކުގެ ސަބްސިޑިއަރީ ކުންފުނި މެދުވެރިކޮށް 3260 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް