ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް މިއަދުވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވީ ނަމަވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ފާއިތުވި 24 ގަޑިއިރު ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވަނީ ފ. ނިލަންދޫ އަދި ހދ. ކުޅުދުއްޓަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގާފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މެޓް އޮފީހުން ނެރޭ އެލާޓްތަކަށް ސަމާލުވުމަށާއި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރުނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.



