އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަަށް ހުސެއިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.
ފަހުމީ މި މަގާމަށް އައްޔަނު ކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުންނެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަހުމީ ފުރަތަމަ އައްޔަންކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށެވެ. އެހެންނަމަވެސް ސްޓެލްކޯގައި 27 އަހަރަށް ވުރެން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަހުމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ކުއްލިއަކަށް ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ފަހުމީ ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކޮށްފައެވެ.





