އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަބްދުލް މަތީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަތީން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.
ނަމަވެސް، މަޤާމުން ވަކިވެވަޑައިގެންނެވި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. މަތީން މި މަޤާމަށް ސަރުކާރުން އައްޔަންކުރެއްވީ 28 ނޮވެމްބަރު 2023 ގައެވެ.
މަތީންގެ އިތުރުން، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަރުހަތު ޝަހީރުވެސް މިއަދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، މިހާތަނަށް ސަރުކާރުގެ ތިން ކުންފުންޏެއްގެ އިސްވެރިން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މީގެއިތުރުން ފެނަކަ އާއި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުންވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ.





