ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު ހަނދާންކޮށްދެނީ، ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ބަޠަލުންގެ ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު ފުރިފައިވާއިރު، އެ ޒިކުރާތަކާއި އެ ތަކުރުފާނު ހޯއްދެވި ފަޚުރާއި ޝަރަފު ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު އަދިވެސް ދިރެމުންދާ ކަމަށެވެ. އަދި ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބުރަތް ޙާޞިލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ދަނީ ތާޒާކަމާއެކު ދިރެމުން.
ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ… pic.twitter.com/qp0fE0FR2D
— Dr Mohamed Muizzu (@MMuizzu) August 24, 2025
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




