ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ނަބީޙް އަފީފެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުﷲ ޔާމީނެވެ.
ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމާއި، އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ އިތުރުން މި ކޯޕަރޭޝަނާއި ޕީއެސްއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއި ކޮއްފައެވެ.
📷: @psmnewsmv #TeamRDC pic.twitter.com/SNuGCHC5v1
— Road Development Corporation Ltd (@rdcmaldives) April 22, 2025
މި ފަހުމުނާމާގައި ޕީއެސްއެމްގެ ގޯތިތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމާއި، އަތޮޅުތެރެ އާއި މާލޭގައި ހުރި ޕީއެސްއެމްގެ އިމާރާތްތައް މަރާމާތުކުރުމުގެ އިތުރުން އާރްޑީސީއާއި ޕީއެސްއެމްއާއި ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްކަމަށް އާރްޑީސީންވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް