އިންޑިއާގެ ވިސާ ނިޒާމަށް ބަދަލުތަކެއް ގެނެސް، މައިގަނޑު ވިސާ ކެޓަގަރީތައް 9 އަކަށް މަދުކޮށްފި

އިންޑިއާގެ ހޯމް މިނިސްޓްރީން އެ ޤައުމުގެ ވިސާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މައިގަނޑު ވިސާ ކެޓަގަރީތަކުގެ އަދަދު 13 އިން 9 އަކަށް މަދުކޮށްފިއެވެ.

މިއީ އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށް ވިސާ ދޫކުރުމުގެ ނިޒާމު ލުއިކޮށް، އިތުރަށް ތަރުތީބުކުރުމުގެ ގޮތުން ގެނައި ބަދަލުތަކެކެވެ.

އަލަށް ގެނެވުނު ބަދަލުތަކުގެ ދަށުން، ކުރިން ދޫކުރަމުން އައި ޓޫރިސްޓް ވިސާގެ ނަން "ވިޒިޓަރ ވިސާ" އަށް ބަދަލުކޮށްފައިވެއެވެ. ވީ-1 ވިޒިޓަރ ވިސާގެ ދަށުން، 30 ދުވަހުގެ މުއްދަތަށް ގިނަ ފަހަރު އިންޑިއާއަށް އެތެރެވެވޭނެއެވެ.

ބޭސްފަރުވާއަށާއި ވިޔަފާރީގެ ބޭނުމުގައި އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން، އެ ބޭނުމަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ވިސާއާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރަން ޖެހޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް