ރާއްޖޭގައި އިސްރާއީލުގެ ރައްޔިތަކަށް ދުވަހަކުވެސް ފުރުސަތެއް ނުލިބޭނެ: ރައީސް

ޤާނޫނު އިތުރަށް ވަރުގަދަކޮށް، ރާއްޖޭގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދުވަހަކުވެސް ފުރުސަތެއް ނުލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި، މި ސަރުކާރު އޮތްހާ ހިނދަކު އިސްރާއީލާއެކު ރާއްޖޭގެ ގުޅުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ދެއްވި ޕްރެޒެންޓޭޝަންގައެވެ.

ޚާރިޖީ ސިޔާސަތުގައި ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތް، ރާއްޖެ އާއި ހުރިހާ ފަރާތްތަކާ އެކުގައި ވެސް ގުޅުން ގާއިމްކުރެވޭނެ އިސްރާއީލް ފިޔަވައި،" ރައީސް ވިދާޅުވިއެވެ.

އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމުތަކާއެކު ގުޅުން ބާއްވައި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެ ގުޅުންތައް ބަދަހިކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް