ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވުމަށް 2 ޑްރޯން ގެނެސްފި

ޑްރޯން މެދުވެރިކޮށް ރާއްޖޭގެ ރަށްރަށަށް ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށްޓަކައި، ހެލްތު މިނިސްޓްރީން ދެ ޑްރޯން ގެނެސް ސްޓޭޓް ފާމާއާ ހަވާލުކޮށްފިއެވެ.

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، މިއީ ބެޓެރީން އޮޕަރޭޓްކުރާ ޑްރޯންތަކެއް ކަމަށާއި، ކުއްލި ޙާލަތްތަކުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ރަށްރަށަށް ފޮނުވަން މިހާރު ކުރަން ޖެހޭ ބޮޑު ޚަރަދު ޑްރޯނާއެކު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.

"މިއީ ވަރަށް އޮޓޮމޭޓެޑް އެއްޗެހިތަކެއް. މިއީ ޖިއޯލޮކޭޝަންގައި އެ ބުނާ ތަނަކަށް ޖައްސައިދޭ ނުވަތަ ލޭންޑްކުރުމުގެ ޕްރަގްރާމް މިއަށް ދިނީމަ ވަރަށް ޕްރިޒިޝަން ރަނގަޅު އެއްޗެހިތަކެއް،" ޑރ. ޝާހް ވިދާޅުވިއެވެ.

ޑްރޯން ދަތުރުތައް ފެށުމުގެ ކުރިން އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީއާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޑރ. ޝާހް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް