އިސްލާމީ މަރުކަޒުގެ ކާޕެޓް ޕާކިސްތާނުގެ އެހީގައި އައުކުރަނީ

މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމު (އިސްލާމީ މަރުކަޒު)ގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުގެ ދީލަތި އެހީއެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މައުލޫމާތު ހާމަކުރީ މިއަދެވެ.

ނަމަވެސް، އެހީގެ ފުރިހަމަ ތަފްޞީލެއް ވުޒާރާއިން ހާމައެއް ނުކުރެއެވެ. ބައިބައިކޮށް ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން ތަފްޞީލު ހާމަކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

އިސްލާމީ މަރުކަޒު ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް މިހާރުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން ދެއެވެ.

އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އިސްލާމީ ގިނަ ޤައުމުތަކުގެ ދީލަތި އެހީ ލިބިގެން ބިނާކުރި ބިނާއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް