ބަޙްރައިނުގައި ހުރި ރާޑަރަށް ހަމަލާދިނީ އެމެރިކާގެ ޑްރޯންތައް ވައިގެ ސަރަހައްދަށް ވަންނާތީ: އީރާން

ބަޙްރައިނުގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރަކަށް މިއަދު ހަމަލާ ދިނީ، އެމެރިކާގެ އަސްކަރީ ޑްރޯންތައް އީރާނުގެ ވައިގެ ސަރަހައްދަށް ވަދެ ހިންގާ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާ ކާމިޔާބުވެފައިވާއިރު، ރާޑަރު ހުރި ތަނުން ދުމާއި އަލިފާން އަރާ މަންޒަރު ފެނިފައިވެއެވެ.

ހަމަލާ ދީފައިވަނީ ބަޙްރައިނުގެ ދެކުނުގައި އޮންނަ ޝައިޚް ޢީސާ އެއާ ބޭސްގައި އެމެރިކާ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ރާޑަރު ނިޒާމަކަށެވެ.

ނަމަވެސް ބަޙްރައިނުގެ ވައިގެ ދިފާއީ ނިޒާމުން އެ ހަމަލާތައް ހުއްޓުވައި، ނާކާމިޔާބުކޮށްލި ކަމަށް އެ ޤައުމުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ދެ ދުވަސް ކުރިން، ނޮވެމްބަރު 15 ގައި ވެސް ބަޙްރައިނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާ ދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް