ސަސްޕެންޝަނުގައި ހުރި ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ ވަޒީފާއިން ވަކިކޮށްފި

ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ކަމުގައި ހުންނެވި މަރިޔަމް ޝިއުނާ، އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން ޝިއުނާ ހުންނެވީ ވަޒީފާއިން ސަސްޕެންޝަނުގައެވެ.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ޝިއުނާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ޕެންޝަން އޮފީހަށް ދިއުމުގެ ކުރިން ޝިއުނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ.

އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ރޮނގުން ޝިއުނާ ވަނީ މާސްޓާސް ޑިގްރީއެއް ހާސިލުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް