މޯލްޑިވިއަންގެ އޭޓީއާރު ބޯޓެއް

މޯލްޑިވިއަންގެ ފްލީޓު އޭޓީއާރަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ގެންނަ 6 ވަނަ އޭޓީއާރު ބޯޓު ލަސްވެގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އައު ބޯޓެއް ރާއްޖެ ގެނައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި އިތުރު އޭޓީއާރު ބޯޓެއް ފްލީޓަށް އިތުރުވެގެންދާނެ ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރާއި ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޭރުގެ މަންޒިލްތައް އިތުރުކޮށް، ދެވޭ ޖާގަތައް ހާހުން އިތުރުކުރާނެ ކަމަށާއި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ކުންފުނީގެ ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތް ހަދަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ފްލީޓު ބަދަލުކުރުމުގެ މަޝްރޫޢު:

  • ފެށުނު އަހަރު: 2022 (ޑޭޝް8 ބޯޓުތައް އޭޓީއާރަށް ބަދަލުކުރުން)

  • މިހާރު ބޭނުންކުރާ އޭޓީއާރު: 5 ބޯޓު

  • އަލަށް އޯޑަރުކުރި ބޯޓު: 2 ބޯޓު (އެއް ބޯޓު މިއަހަރު/އަންނަ އަހަރު ކުރީކޮޅު، ދެވަނަ ބޯޓު އަންނަ އަހަރު ފަހުކޮޅު)

ޤައުމީ އެއާލައިންގެ ފްލީޓުގައި މިހާރު ޖުމްލަ 27 މަތިންދާބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި ވައިޑް-ބޮޑީ އެއާބަސް A330 އެއް، ނެރޯ-ބޮޑީ A320 އެއް، 5 އޭޓީއާރު ބޯޓު، 9 ޑޭޝް8 ބޯޓު އަދި 11 ޓްވިން އޮޓާ (ޑޭޝް6) ސީޕްލޭން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް