އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (އަންހެނުންގެ ކޮމިޓީ) ބައި-އިލެކްޝަންތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތަކާއި ކެންޑިޑޭޓް ނަންބަރުތައް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިއުލާންކޮށްފިއެވެ.
މިއީ އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން 4 ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް ހުޅުވާލި ނަމަވެސް، ނ. ކުޑަފަރި އަންހެނުންގެ ކޮމިޓީގެ ގޮނޑިއަށް ކުރިމަތިލީ އެމްޑީއޭގެ ކެންޑިޑޭޓް ޢާއިޝަތު ސުހާ މުޙައްމަދު ސިނާން އެކަނި ކަމަށްވާތީ، އިންތިޚާބަކާ ނުލައި އޭނާއަށް ވަނީ އެ ގޮނޑި ކާމިޔާބުވެފައެވެ.
އެހެންކަމުން އަންނަ މަހުގެ 28 ވާ ހަނިހާ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ރަށެއްގެ 4 މަާމަކަށެވެ. އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަކީ:
ވ. ތިނަދޫ ކައުންސިލްގެ ރައީސް:
-
ޝުޖާޢު ޢަލީ (ދިލްބަހާރުގެ / އެމްޑީޕީ)
-
އަޙްމަދު އަމަން މުޙައްމަދު (ނަޔާ / ޕީއެންސީ)
ވ. ތިނަދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު:
-
ޒީނާ އަޙްމަދު (ނަޔާ / އަމިއްލަގޮތުން)
-
ރިސްފާ ނަސީމް (ހަތާ / އެމްޑީޕީ)
ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސް:
-
ރިޝްމާ އާދަމް (ނަރުގިސްވިލާ / އަމިއްލަގޮތުން)
-
ޒައިނާޒް އަޙްމަދު (ތޫރި / ޕީއެންސީ)
އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު:
-
ފާޠިމަތު ނަބާހާ (ސެލްޓަން / ޕީއެންސީ)
-
ފާޠިމަތު މުނީރު (އަންބަރީގެ / އެމްޑީޕީ)
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މި ބައި-އިލެކްޝަންގައި ޖުމްލަ 3,776 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ ތިނަދޫއިން 185 މީހުން، ވަށަފަރުން 688 މީހުން އަދި ހުޅުދޫއިން 2,903 މީހުންނެވެ. ވޯޓުލުން ކުރިއަށްދާނީ ނޮވެމްބަރު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.





