މުޖުތަމަޢުގެ ލާބައާއި ޤައުމީ ތަރައްޤީއަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
މި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. މި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމުޢިއްޔާ/ޖަމާޢަތްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލެވޭނެއެވެ. އަދި އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން އެހެން ފަރާތަކުން ނޮމިނޭޓްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ފަރާތަކަށްވެސް ނަން ހުށަހެޅޭނީ އެއް ދާއިރާއަކުންނެވެ.
ވަކިވަކި އަންހެނުންނާއި ޖަމުޢިއްޔާތަކަށް އިނާމު ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރޭގައި ލީޑަރޝީޕް އަދި ގަވަނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީގޮތުން ބާރުވެރިކުރުވުން، އަދި އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް (ނޮން-ޓްރެޑިޝަނަލް ރޯލްސް) ހިމެނެއެވެ.





